ގުޅީ ސްކޫލްގެ ޕްރިންސިޕަލް އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

ކ. ގުޅީ ސްކޫލްގެ ޕްރިންސިޕަލް އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ގުޅީ ސްކޫލްގައި އިއްޔެ ހިންގި މާރާމާރީއަކާ ގުޅިގެން އިއްޔެ މެންދުރުގެ ވަގުތެއްގައި އުމުރުން 22 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގުޅީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރެއްގެ އާއިލާ މީހެކެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ޕްރިންސިޕަލްއަށް ޓްރޭއަކުން ހަމަލަދިނުމާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން ގުޅީ ސްކޫލްގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ. އަދި އެ ރަށު ކައުންސިލުން ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އުޒުރުވެރިވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު