ޝިޔާމް ރިޓަޔާކުރައްވާ ކަމަށް ފެތުރުނު ވާހަކަ ސިފައިން ދޮގުކޮށްފި

ޗީފް އޮފް ޑިފެންސްފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ރިޓަޔާ ކުރައްވަން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ފެތުރި ހަބަރު މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ދޮގުކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗީފް އޮފް ޑިފެންސްފޯސް ރިޓަޔާ ކުރެއްވުމާ ގުޅޭ ގޮތުން މީޑިއާގެ އެކި ވަސީލަތްތަކުގައި ފެތުރެމުންދާ ވާހަކަތަކަކީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ޖެނެރަލް ޝިޔާމް މަގާމުން ވަކި ކުރަން އުޅޭ ކަމަށް ބައެއް މީޑިއާތަކުން ކުރިން އަޑު ފެތުރި އެވެ. އަދި އޭނާ ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާނެ ކަމަށް އޭގެ ފަހުން އަނެއްކާ އަޑު ފެތުރިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު