ޕީޕަލްސް ކަޕްގެ ޓިކެޓް ފައިސާ ޖަމިއްޔާތަކަށް ހަދިޔާ ކޮށްފި

ޕީޕަލްސް ކަޕްގެ ޓިކެޓުތައް ވިއްކައިން ލިބުނު ފައިސާ އެފްއޭއެމުން ދިވެހި ރައްޔތުންގެ ނަމުގައި ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ހަ ޖަމިއްޔާއަކަށް ހަދިޔާ ކޮށްފި އެވެ.

ރޭ ކުޅުނު ޕީޕަލްސް ކަޕްގެ ފައިނަލް މެޗަށް ފަހު ބޭއްވި މުބާރާތުގެ ކްލޯސިންގް ސެރަމަނީގައި އެ ފައިސާ ޖަމިއްޔާތަކާއި ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.

އެ ރަސްމިއްޔާތުގައި ފައިސާ ހަވާލުކުރެވުނު ޖަމިއްޔާތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އޯޓިޒަމް ސޮސައިޓީ އާއި ކެއަ ސޮސައިޓީ، އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރެން (އާކް)، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަދި ކުޑަކުދިންގެ ހިޔާ އެވެ.

ރޭގެ ރަސްމިއްޔާތުގައި އެއިން ކޮންމެ ޖަމިއްޔާކަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އަދަދެއް ހަދިޔާ ކޮށްފަ އެވެ.

އޭގެ އިތުރުން، އެ ހަފްލާ ފެށުމުގެ ކުރިން އިއްޔެ ރަކީދޫގައި ނިޔާވި ކުއްޖާގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ވެސް ވަނީ ގެނެސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު