99 ޑޮލަރަށް ވިއްކި ޓިކެޓް ދެ ގަޑިއިރު ތެރޭގައި ހުސްވެއްޖެ

ރާއްޖޭގެ އަމިއްލަ އެއާލައިން، މެގަ މޯލްޑިވްސް އިން އަގުހެޔޮކޮށް ވިއްކަމުން ދިޔަ މެލޭޝިއާ ދަތުރުތަކުގެ ޓިކެޓުތައް ވިއްކަން ފެށިތާ ދެ ގަޑިއިރެއްހާއިރު ތެރޭގައި ހުސްވެއްޖެ އެވެ.

އެއެއާލައިންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އާމިނަތު ޝާޔަން މިއަދު ސަން އަށް ވިދާޅުވީ މެލޭޝިއާ ދެކޮޅު ޓިކެޓް 99 ޑޮލަރަށް، 99 ސީޓްގެ ޓިކެޓު މިއަދު ހެނދުނު 9:00ގައި ވިއްކަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައިވާ އިރު 250 ޑޮލަރަށް ވިއްކަމުން ދިޔަ މެލޭޝިއާ ދެކޮޅު ޓިކެޓު ވެސް ޓިކެޓު ވިއްކަންފެށިތާ ދެ ގަޑިއިރުގެ ތެރޭގައި ހުސްވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ޓިކެޓެއް ކަމެއް ވިދާޅެއްނުވެ އެވެ.

މެގަ މޯލްޑިވްސް އިން ހާއްސަ ފެއާއެއްގެ ދަށުން އަގުހެޔޮކޮށް ވިއްކަމުން ދަނީ މި މަހުގެ 26 އާއި 27ގެ އިތުރުން 31 ވަނަ ދުވަހު އެ އެއެއާލައިން އިން މެލޭޝިއާ އަށް ކުރާ ދަތުރުތަކުގެ ޓިކެޓެވެ. އެއަގުހެޔޮ ޓިކެޓުން އަނބުރާ މާލެ އާދެވޭނީ ފެށޭ ޖެނުއަރީ މަހުގެ 20ގެ ނިޔަލަށް ކަމަށް ވެސް މެގަ މޯލްޑިވްސް އިން ބުންޏެވެ. ޓިކެޓު އަގުހެޔޮކޮށް ވިއްކަމުން ދަނީ އެއީ މެގަ މޯލްޑިވްސް އިން މެލޭޝިއާ އަށް އަލަށް ދަތުރުތައް ފަށާތީ ކަމަށް އެއެއާލައިން އިން މައުލޫމާތުދެ އެވެ.

އެ ޓިކެޓުތައް ގަތުމަށް ރޭ 1:30 އެހާކަންހާއިރުން ފެށިގެން މެގަ މޯލްޑިވްސް ހިންގާ، ހ. ސަކީނާ މަންޒިލްކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ހަދާފައިވާ ކަމަށް ވެސް ޝާޔަން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު