މިރުޒާދަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދެއްވައިފި

އައްޑޫ ސިޓީގެ ކުރީގެ ކައުންސިލަރު އަހްމަދު މިރުޒާދަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމް ދެއްވައިފި އެވެ. އޭނާ ކައުންސިލަރަކަށް ހުންނެވީ އެމްޑީޕީ ބޭފުޅެއްގެ ގޮތުގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު 'ސަން' އަށް ވިދާޅުވީ މިރުޒާދަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމް ދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު ޖެހިގެންއައި ދުވަހު އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި އެވެ. އަދި މިރުޒާދާ ދެކޮޅަށް ދައުލަތުން ހުށަހެޅި 10 މީހެއްގެ ހެކިބަސް ކޯޓުން ވަނީ ނަގައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު