99 ޑޮލަރަށް ވިއްކާ މެގަ މޯލްޑިވްސް ޓިކެޓްގެ ޓޯކަން ގަޑިއެއްގެ ތެރޭގައި ހުސްވެއްޖެ

ރާއްޖޭގެ އަމިއްލަ އެއާލައިން، މެގަ މޯލްޑިވްސް އިން މެލޭޝިއާގެ ދެކޮޅު ޓިކެޓް 99 ޑޮލަރު (1527 ރުފިޔާ) އަށް ވިއްކަން ފެށިތާ ގަޑިއިރެއްގެ ތެރޭގައި ޓިކެޓު ނެގުމަށް ދޫކުރާ ޓޯކަން ހުސްވެއްޖެ އެވެ.

އެއެއާލައިންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އާމިނަތު ޝާޔަން މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު 9:00ގައި ޓޯކަން ދޫކުރަން ފަށާފައިވާ އިރު 99 ޑޮލަރުގެ ޓިކެޓުތަކުގެ ހުރިހާ ޓޯކަންއެއް މިހާރު ހުސްވެފައިވާ ކަމަށާއި މިހާރުބާކީ ހުރީ 250 ޑޮލަރުގެ ޓިކެޓުގެ ޓޯކަން ކަމަށެވެ.

"އަޅުގަނޑުމެން 99 ޑޮލަރަށް މިދޫކުރަނީ 99 ސީޓް، އެސީޓްތަކުގެ ޓޯކަން މިހާރުވަނީ ހުސްވެފައި،" ޝާޔަން ވިދާޅުވި އެވެ.

އެޓިކެޓުތައް ގަތުމަށް ރޭ 1:30 އެހާކަންހާއިރުން ފެށިގެން މެގަ މޯލްޑިވުސް ހިންގާ، ހ. ސަކީނާ މަންޒިލްކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ހަދާފައިވާ ކަމަށް ވެސް ޝާޔަން ވިދާޅުވި އެވެ.

މެލޭޝިއާ އަށް ދިއުމަށް ޓިކެޓު އަގުހެޔޮކޮށް ވިއްކަމުން ދަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރުތަކަށެވެ. ޓިކެޓު އަގުހެޔޮކޮށް ވިއްކަމުން ދަނީ އެއީ މެގަ މޯލްޑިވްސް އިން މެލޭޝިއާއަށް އަލަށް ދަތުރުތައް ފަށާތީ ކަމަށް އެއެއާލައިންއިން މައުލޫމާތު ދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު