ދަރިފުޅަށް "ޖިންސީ ގޯނާކޮށް، މަރުގެ އިންޒާރުދިން" ބައްޕަގެ ބަންދަށް 10 ދުވަސް ޖަހައިފި

އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރުމަށް ފަހު، އެ ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ބުނެފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި ބައްޕަގެ ބަންދަށް 10 ދުވަސް ޖަހައިދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އުމުރުން 16 އަހަރުގެ އެ އަންހެން ކުއްޖާއާ ގަދަކަމުން ޖިންސީ ގޯނާކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ބައްޕަގެ ބަންދަށް 10 ޖަހައިދީފައި ވަނީ އިއްޔެ އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަަން ކޯޓަށް ގެންދިއުމުން ކަމަށެވެ.

އިއްޔެ ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކުރި 43 އަހަރުގެ އެ ފިރިހެން މީހާ އޭނާގެ 16 އަހަރުގެ ދަރިފުޅަށް، އެ ކުއްޖާގެ އުމުރުން ނުވަ އަހަރުން ފެށިގެން ގަދަކަމުން ޖިންސީ ގޯނާ ކުރަމުން ގެން ދިޔަ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ވަނަވަރު ހާމަވެދާނެތީ، އެ މީހާ ހައްޔަރު ކުރީ ކޮން ރަށަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު