ގްރޭޑް އެކަކަށް ދަރިވަރުން ބަދަލުކުރި އުސޫލު އާންމުކޮށް ލިބޭނެ ގޮތް މާދަމާ ހަދާނަން: އެޑިއުކޭޝަން

މާލާގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ދަރިވަރުން ބަދަލުކުރި ގޮތުގެ އުސޫލް އާންމުކޮށް ލިބޭނެ ގޮތް މާދަމާ ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ނަޒީރު ވިދާޅުވީ ގްރޭޑް އެކަކަށް ދަރިވަރުން ބަދަލުކުރި ގޮތުގެ އުސޫލު މީހުންނަށް އެނގޭނެ ގޮތަށް އާއްމު ކުރަން ޖެހޭނެ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ޝާއިއުކުރާނެ ކަމަށެވެ. އަދި ހުރިހާ ސްކޫލަކަށް ވެސް އެ އުސޫލު ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އުސޫލަކީ އަބަދުވެސް އާންމުކޮށް ފެންނަ ގޮތަށް ގެޒެޓް ކޮށްފަ އިންނަ އުސޫލެއް. އެއީ ވަރަށް ބޮޑު އުސޫލެއް. އޭތީ އަބަދުވެސް އޮންނާނެ އަޅުގަނޑުމެންގެ ވެބްސައިޓުގައި. އަދި އަޅުގަނޑުމެން ޕަބްލިޝް ކޮށްފަ އޮންނަ އުސޫލްތަކުގެ ތެރޭގައި ވެސް އޭތި އޮންނާނެ. ހުރިހައި ސްކޫލަކުން ވެސް އޭތި ލިބެން ހުންނާނެ. އެހެންނަމަވެސް އޭސީސީ މިފަހަރު އަޅގަނޑުމެންނަށް އަންގާފައި އެބައޮތް އެ އުސޫލް ފެސޭހައިން ލިބޭނެގޮތް ހަދަން ފެންނަ ކަމަށް. އެހެންވީމަ އަޅުގަނޑުމެން މާދަމާ އެ އުސޫލު އާންމުކޮށް ފެސާހައިން ލިބޭނެ ގޮތް ހަދާނަން،" ޑރ. ނަޒީރު ވިދާޅުވި އެވެ،

މާލޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ކުދިން ބަދަލުކުރި ގޮތުގެ އުސޫލު އާންމުކުރަން އޭސީސީން އަންގާފައިމިވަނީ މިއަހަރު ގްރޭޑް އެކަކަށް ކުދިން ބަދަލުކުރި ގޮތާއުމެދު ހިތްހަމަނުޖެހިގެން ބެލެނިވެރިންތަކެއް އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޑރ. ނަޒީރު ވިދާޅުވީ މިހާތަނަށް މާލޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް 2475 ކުދިންނަށް ޖާގަދެވިފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ޣަރ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު