ފިހާރައަކުން 1500ރ. ވަގަށް ނެގިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

ސޯސަންމަގުގައި ހުރި ފިހާރައަކުން 1500 ރުފިޔާ ވަގަށްނެގިކަމުގެ ތުހުމަތުގައި ޒުވާން އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

'ސަން' އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 4:10 އެހާކަށްހާއިރު ސޯސަންމަގުގައި ހުރި ފިހާރައަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ވައްކަން ކޮށްފައި ވަނީ ސޯސަން މަހުގައި ހުންނަ ޝޮޕް އެން ސޭވް ނަމަކަށް ކިޔާ ފިހާރައަކުން ނެވެ. ފުލުހުން އެ އަންހެން މީހާ ހައްޔަރުކޮށްފައި އެ ފިހާރައިން 1500 ރުފިޔާ ވަގަން ނަގައިގެން ފިލަން ދުވަނިކޮށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު