ކޮނޑޭ އާއި މަޑުއްވަރީގެ ބައި އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކޮށްފި

ގއ. ކޮނޑޭ އާއި މ. މަޑުއްވަރީގެ ބައި އިލެކްޝަން އެމްޑީޕީއާ ވާދަކޮށް ސަރުކާރު ހިންގާ ޕީޕީއެމުން ވާދަ ކުރެއްވި ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.

އަދު ހެނދުނު 8:00 ފެށިގެން ހަވީރު 4:00 އަށް ކުރިއަށްގެންދިޔަ ބައި އިލެކްޝަންގައި މ. މަޑުއްވަރީގެ ކައުންސިލު ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ސިރާޖުއާ ވާދަކޮށް ދެ ވޯޓުގެ ތަފާތުން ޕީޕީއެމްގެ ކެންޑިޑޭޓު މުހުތާރު މުހައްމަދެވެ. މުހައްމަދު ސިރާޖަށް ލިބުނު ޖުމްލަ ވޯޓުގެ އަދަދަކީ 198 ކެވެ. އަދި މުހުތާރު މުހައްމަދަށް ލިބުނީ 201 ވޯޓެވެ. ޖުމްލަ 311 މީހުން ވޯޓު ލީ މި ފޮށީގައި ބާތިލް ވޯޓުގެ އަދަދަކީ ބާރައެވެ.

މީގެ އިތުރުން ގއ. ކޮނޑޭގެ ބައި އިލެކްޝަންވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެމްޑީޕީގެ ޒިހާން އަބްދުﷲ ދީދީ އާއި، އަމިއްލަ ކެންޑީޑޭޓާއި ވާދަކޮށް ކޮނޑޭގެ ކައުންސިލް ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ އަބްދުﷲ ޝިހާބެވެ. އެމްޑީޕީގެ ޒިހާން އަބްދުﷲ ދީދީއަށް ލިބުނީ 73 ވޯޓެވެ. އަދި އަމިއްލަ ކެންޑިޑޭޓަށް 45 ވޯޓު ލިބިފައިވާއިރު، ގޮނޑި ކާމިޔާބު ކުރި އަބްދުﷲ ޝިހާބަށް ލިބުނީ 116 ވޯޓެވެ.

ކޮނޑޭ ކައުންސިލްގެ ބައި-އިލެކްޝަން އަލުން ބޭއްވީ އެ ކައުންސިލަށް އިންތިހާބުވި ޝާން މުހައްމަދު ކައުންސިލް ގޮނޑި ދޫކޮށްލެއްވުމުންނެވެ. އަދި މަޑުއްވަރީ ކައުންސިލުން ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލަށް އަމިއްލަ ގޮތުން އިންތިހާބުވެ ވަޑައިގެންނެވި މުހައްމަދު ޝައުކަތު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު