ވޮލީ ޗެމްޕިއަންޝިޕްގެ ދެ ވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ "ސައުތް އޭޝިއަން ވިމަންސް ވޮލީބޯލް ޗެންޕިއަންޝިޕް"ގައި ރާއްޖެއިން ކުޅުން ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

އޭޝިޔަން ގޭމްސް ދެ ވަނަ މެޗުން މިއަދު ރާއްޖެ ބަލިވިއިރު އިއްޔެ ކުޅުން ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. އިންޑީއާއާ ދެކޮޅަށް ރާއްޖެ މިއަދު ކުޅުނު މެޗުން ބަލިވީ ވެސް ތިން ސެޓުންނެވެ.

ނޭޕާލުގައި ކުރިއަށްދާ އެ މުބާރާތުންގައި އިންޑިއާގައި ބައްދަލުކޮށް ފުރަތަމަ ސެޓުން ބަލިވީ 25-18 އިންނެވެ. އަދި ދެ ވަނަ ސެޓުން ބަލިވީ 25-6 އިންނެވެ. ތިން ވަނަ ސެޓުން ރާއްޖެ ބަލިވީ 25-15 އިންނެވެ.

މުބާރާތުގައި މާދަމާ ރާއްޖެއިން ކުޅޭ މެޗުގައި ބައްދަލު ކުރާނީ އަވަށްޓެރި ސްރީ ލަންކާއާ އެވެ.

މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ގައުމީ ޓީމުގެ މުހިންމު ދެ ކުޅުންތެރިންކަމުގައިވާ އައިޝަތު މާޖިދާ އާއި މަރިޔަމް އަޒީފާ އަށް ވަނީ ބައިވެރި ވެވޭ ގޮތް ނުވެފަ އެވެ.

ލީގު އުސޫލުން ކުރިއަށް ގެންދާ އެ މުބާރާތުގައި ކުޅޭ އެންމެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެ ބައްދަލުކުރަން ހަމަޖެހިފައި ވަނީ ބަންގްލަދޭޝްއާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު