ހަނިމާދޫން އިންޑިއާ އަށް ރޭ ފުރަން އޮތް މޯލްޑިވިއަންގެ ބޯޓަށް ނުފުރި މަޑުކުރަން ޖެހިއްޖެ

ރޭ ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމް އަށް ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން، މިއަދު ހެނދުނު ވީއިރުވެސް ނުފުރައި ފަސިންޖަރުންނާ އެކު ހަނިމާދޫގައި މަޑުކޮށްފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ ރޭ 12 ޖެހި އިރު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ހަނިމާދޫގައި މަޑުކުރަން ޖެހުނީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ހެނދުނު 9:15ގައި މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ހަނިމާދު އަށް ދިއުމަށް މިހާރު ފްލައިޓެއް ފުރާފައިވާ ކަމަށެވެ. އަދި ހަނިމާދޫ އަށް މީހުން ހުސްކުރުމަށް ފަހު ހަނިމާދޫގައި މަޑުކޮށްގެން ތިބި ފަސިންޖަރުން ގޮވައިގެން ޓްރިވެންޑްރަމް އަށް ފުރާނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.

އަދި ޓްރިވެންޑްރަމް އިން ރާއްޖެ އަށް އަންނަން ތިބި މީހުން ގޮވައިގެން މިއަދު މެންދުރު 2:00ގައި ފުރާނެކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ފްލައިޓަކުން ހައިޑްރޯލިކް ލީކްވުމާ ގުޅިގެން މިމަހު 11 ވަނަ ދުވަހު ވަނީ އިންޑިއާގެ ޓްރިވެންޑްރަމް އިން ރާއްޖެ އަށް އަންނަން ތިބި މީހުނާ އެކު ވެސް މަޑުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު