ބީއެމްއެލް ފްލައި އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވިއަންއާ ގުޅިގެން މިދިޔަ މަހު ފެށި "ފްލައި އެންޑް ވިން ވިތު އެމެރިކަން އެކްސްޕްރެސް" ޕްރޮމޯޝަންގެ އެއް ވަނަ މަހުގެ ނަސީބުވެރިން ހޮވައިފި އެވެ.

ފްލައި އެންޑް ވިން ޕްރޮމޯޝަނަކީ ބީއެމްއެލްގެ ޕީއޯއެސް މެދުވެރިކޮށް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން މޯލްޑިވިއަންގެ ޓިކެޓު ގަތުމުން ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އަދި ޓިކެޓް ބައްލަވައިގެންފައިވާ ފަރާތްތަކުގެ މެދުގައި ކޮންމެ މަހަކު ނެގޭ ގުރުއަތުން ހަތަރު ފަރާތަކަށް މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން އެ ފަރާތްތަކުން އެދޭ މަންޒިލަކަށް ހިލޭ ޓިކެޓެއް ލިބޭނެއެވެ.

ބީއެމްއެލް މެއިން ބްރާންޗްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިދެއްވީ ވިލާ ފައުންޑޭޝަންގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ހަމީދެވެ.

އެގޮތުން ޕްރޮމޯޝަންގެ ޑިސެމްބަރު މަހުގެ ނަސީބުވެރިންނަށް ހޮވިފައި ވަނީ ހދ. ކުޅުދުއްފުށި، ޕެޝާވަރު، ނޫރުލްސަލާމް އަބޫބަކުރު އާއި ޅ. ހިންނަވަރު، ގްރީންގެ އާމިރު ޝަކީލް އާއި ތ. ވިލުފުށި ނަރުގިސް ވިލާ ސަންފާ ނަސްރީނާ އާއި ގ. ދިލްފިޒާގް އިބްރާހިމް ވިޝާން އެވެ.

ޕްރޮމޯޝަންގެ އެއް ވަނަ މަހުގެ ނަސީބުވެރިން މިއަދު ހޮވާފައިވާ އިރު އަންނަ އަހަރު ޖެނުއަރީ މަހުވެސް ހަތަރު ނަސީބުވެރިން ހޮވާނެ އެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އަހަރު ޖެނުއަރީ މަސް ނިމެންދެނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު