ޓެރަރިޒަމްގެ ނުރައްކާ ނައްތާލަން ރާއްޖެ އާއި އެމެރިކާއިން މަޝްވަރާކޮށްފި

ޓެރަރިޒަމްގެ ‏‏ނުރައްކާ ނައްތާލުމަށް ކުރެވެމުންދާ ‏‏މަސައްކަތުގައި ރާއްޖެ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާގެ އިސް އޮފިޝަލަކާއެކު ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މަޝްވަރާ ކުރައްވައިފި އެވެ.

އެ މަޝްވަރާތައް ރައީސް ޔާމިން ކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‏‏އެފެއާޒް ނިޝާ ބިސްވާލާ އެވެ. ނަމަވެސް އޭނާއާއެކު ރައީސް ކުރެއްވި މަޝްވަރާތަކުގެ ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުން ބުނީ ‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ‏‏ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ‏އިތުރު ދާއިރާތަކަށް އެ ގުޅުން ‏‏ފުޅާކުރެއްވުމާ‏ާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ބައިނަލް ޢަޤްވާމީ ‏‏މަޝްރަޙުގައި ދުނިޔެއަށް ދިމާވެފައިވާ މައްސަލަތުގެ މައްޗަށް އެ ބައްދަލުވުމުގައި އަލިއަޅުއްވާލެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން ‏‏އެފެއާޒް ދުންޔާ މައުމޫނާއި، ‏އެމްބެސެޑަރު އެޓް ލާޖް އަޙުމަދު މުޙަންމަދު ‏ބައިވެރިވެވަޑައިގެންނެވި އެވެ. ‏‏އަދި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓުގެ އަރިހުގައި، ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ‏‏ބައެއް ‏‏އިސްބޭފުޅުން ވެސް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.‏
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު