މިއަހަރު ނިމެންދެން ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގަތުން ހުއްޓާލައިފި

މިއަހަރު ނިމެންދެން ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގަތުން ހުއްޓާލައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް މައްސަލަ ބަލައިގަތުން އެ ކޯޓުން ހުއްޓާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ކޮންމެ އަހަރަކު ވެސް އެ ކޯޓުން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށާއި އެގޮތަށް އަމަލު ކުރަނީ އެ މުއްދަތުގެ ތެރޭގައި އިދާރީގޮތުން ނިންމަންޖެހޭ ރިޕޯޓުތައް ނިންމުމަށް ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ދައުވާ އުފުލުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ޕްރޮސިކިއުޓާ ޖެނެރަލް އަށެވެ. އެހެންނަމަވެސް ގާނޫނާ ޚިލާފަށް މީހަކު ހައްޔަރުކޮށްފިނަމަ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު އެކަމުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.

ރާއްޖޭގައި ހިނގާ ޖިނާއީ ކުށްތަކުގެ ތެރެއިން 18 އަހަރުން މަތީގެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިގެންވަނީ ހަމައެކަނި ކްރިމިނަލް ކޯޓަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު