އެއާޕޯޓުގައި މީހުން އުފުލާ ދެބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އެއާޕޯޓުގައި މީހުން އުފުލާ ދެބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެއާޕޯޓުގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފަނުވާ ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ވަގުތު އެއްވެސް ބަހެއްގައި ފަސިންޖަރަކު ނެތް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އެއާޕޯޓުގެ އެޕްރޯންގައި އޮތް ދެބަސްޖެހި އެކްސިޑެންޓް ހިނގާފައި ވަނީ އެ ބަސް ސްޓާޓްކޮށްލި ވަގުތު ކޮންޓްރޯލު ނުވެންގޮސް ޕާކުކޮށްފައި އޮތް ބަހެއްގައި ޖެހި އެވެ. އެ ހަދިސާގައި އެއްބަހުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔުން ފިޔަވައި މާބޮޑު ގެއްލުމެއް ވެފައިނުވާ ކަމަށް އެއާޕޯޓުން ސަން އަށް މައުލޫމާތު ދިން އޮފިޝަލު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު