އެމެރިކާގެ އެެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

އެމެރިކާގެ އެެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އޭޝިޔާ އެންޑް ސެންޓްރަލް އޭޝިޔާ އަށް ކަނޑަައަޅުއްވާފައި ހުންނަވާ ނިޝާ ބިސްވާލު ރާއްޖެ އަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ މިއަދު ފޮރިން މިނިސްޓްރީގައި ބައްދަލުކުރައްވައި ބައިލްޓަރަލް ވާހަކަތައް ބާއްވައިފި އެވެ.

އެމެރިކާ އެމްބަސީ އިން މިއަދު ބުނީ އެެކަމަނާ މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ސަރުކާރުގެ އިތުރު އޮފިޝަލުންނާއި ސިޔާސީ ފަރާތްތަކުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިވިލް ސޮސައިޓީ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ރާއްޖެ އަށް ފަހު އެކަމަނާ މާދަމާ އިންޑިއާ އަށް ވަޑައިގެން އިންޑިއާގެ އޮފިޝަލުންނާ އެކު ބައިލެޓްރަލް ވާހަކަތައް ބޭއްވުމުގެ އިތުރަށް ރީޖަނަލް މައްސަލަތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާނެ ކަމަށް ވެސް ވޮޝިންގްޓަނުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު