ޖޯޖިއާ ސިޓީގައި މިސްކިތެއް ހުޅުވުމަށް ވޯޓު ދީފި

ޖޯޖިއާ، ކެނެސޯ ސިޓީގެ ސްޓްރިޕް މޯލެއްގައި މުސްލިމުންނަށް ނަމާދު ކުރުމަށް ޓަކައި މިސްކިތެއް ހުޅުވުމަށް ސިޓީ ކައުންސިލުން ވޯޓު ދީފި އެވެ.

ވޯޓުލީ ފަސް ކައުންސިލަރުންގެ އިއްތިފާގުން މިފަހަރު މިސްކިތް ހުޅުވުމަށް ފާސްކުރި ނަމަވެސް މިމަހުގެ ކުރީކޮޅު ވެސް އެ މޯލްގައި މިސްކިތެއް ހުޅުވުމަށް ވޯޓުލާފައިވެ އެވެ. ނަމަވެސް އެފަހަރު ވޯޓުލީ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން ވޯޓުލީ މިސްކިތް ހުޅުވުމާ ދެކޮޅަށެވެ. މިސްކިތް ހުޅުވުމާ ދެކޮޅަށް ވޯޓު ދިން ކަމުގެ ސަބަބެއް ކަމަށް ކައުންސިލަރުން ވިދާޅުވީ "ޒޯނިން ރެގިއުލޭޝަން" އިން އެ ޝޮޕިން ސެންޓަރުގައި މިސްކިތެއް ނޭޅޭނެތީ ކަމަށެވެ.

ކެނެސޯގައި މިސްކިތެއް އަޅާފާނެތީ އެ ސިޓީގެ ބައެއް މީހުން އެކަމާ ނުރުހުން ފާޅުކުރި ނަމަވެސް އެ މީހުންގެ އަޑުތަކާ ދެކޮޅަށް މިސްކިތެއް ހުޅުވުމަށް ވޯޓު ދިނީ، އިސްލާމު ދީން ގަބޫލު ކުރުމުގެ މިނިވަންކަމުގެ ހައްގު ލިބެން ޖެހޭނެ ކަމަށް މުސްލިމުންތަކެއް ބުނެ އެ މައްސަލައިގައި ކެނެސޯ ސިޓީ ކޯޓަށް ގެންދާނެ ކަމަށް ބުނުމުންނެވެ.

އެ ޝޮޕިން ސެންޓަރުގައި މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަކީ ބަޔަކު މަދުން ނޫނީ ނުދާ ތަނެއް ކަމަށް އޮންލައިން ހަބަރު ސައުޓެއް ކަމަށްވާ އާރުޓީ އިން ބުންޏެވެ. ވަގުތީ ގޮތުން ހުޅުވާ އެ މިސްކިތް ދެ އަހަރު ދުވަހަށް ހުޅުވާއިރު އެ ވަގުތުގެ ތެރޭގައި މިސްކިތް އެޅުމަށް ދާއިމީ ތަނެއް ހޯދާނެ ކަމަށް ވެސް އާރުޓީ އިން ބުންޏެވެ.

ކައުންސިލަރުންގެ ވިސްނުން ބަދަލު ކުރުމާ ގުޅިގެން އިސްލާމް ދީނުގެ ދެކޮޅުވެރިން ކެނެސީ ސިޓީ ހޯލް ކުރިމައްޗަށް އައިސް ހަމަނުޖެހުން ހިންގާފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު