އިސްލާމީ އާޓް ދައްކުވައިދޭ ކަލަންޑަރެއް ނެރެފި

އިސްލާމީ އާޓް ދައްކުވައިދޭ މަންޒަރުތައް ހިމަނާފައިވާ ކަލަންޑަރެއް އިސްލާމިކް މިނިސްޓްރީން ނެރެފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިފަދަ ކަލަންޑަރެއް ނެރުމަށް މިނިސްޓްރީން ގަސްދުކުރީ މިފަހުގެ ތާރީޚުތަކުގައި ނެރެފައި ހުންނަ އެފަދަ އިސްލާމީ ކަލަންޑަރުތައް ކީރިތި ގުރުއާނުގެ އާޔަތްތަކާ އެކު ލިޔެފައި ހުންނަ އިރު އެތަކެތި ނައްތާލާއިރު ގުރުއާނަށް އިހާނެތިކޮށް ހިތެމުންދާތީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށެވެ.

"ގުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ކަލަންޑަރުތައް ނައްތާލާއިރު ގޮނޑަށް މި އުކާލެވެނީ ގުރުއާނުގެ އާޔަތްތަކާ އެކު، އެހެން ކަމުން އެއީ ގުރުއާނަށް ވެވޭ އިހާނެތިކަމެއް،" ޑރ. މުނީޒާ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ކަލަންޑަރު---

އެ ކަލަންޑަރާ ބެހޭ މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ މިއަދު ވިދާޅުވީ އެ ކަލަންޑަރަކީ ހިޖުރީ ތާރީޚާއި މީލާދީ ތާރީޚާއި ނަކަތްތައް ހިމަނައިގެން ފަރުމާކޮށްފައިވާ ކަލަންޑަރެއް ކަމަށެވެ. އަދި އެ ކަލަންޑަރުގައި ވެސް ސަރުކާރުގެ ބަންދު ދުވަސްތަކާއި މުހިންމު ހާއްސަ ބަންދު ދުވަސްތައް ފާހަގަކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ކަލަންޑަރު---

އިސްލާމީ އާޓް ހިމަނައިގެން ފަރުމާކޮށްފައިވާ އެ ކަލަންޑަރު ރީޓެއިލްކޮށް ވިއްކުމަށް ހަމަޖައްސާފައިވާ އަގަގީ 25 ރުފިޔާ އެވެ. އަދި ހަ ކަލަންޑަރަށް ވުރެ އިތުރަށް ނަގާނަމަ ކަލަންޑަރެއް 21 ރުފިޔާ އަށް ވިއްކުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި މިއަދުން ފެށިގެން މާދަމާގެ ރަސްމީގަޑި ނިމެންދެން އިސްލާމިކް މިނިސްޓްރީން އެ ކަލަންޑަރު ވިއްކުމަށް ހަމަޖައްސާފައިވަނީ 20 ރުފިޔާ އަށެވެ.

މީގެއިތުރުން ސަރުކާރުގެ އޮފީސްތަކަށް އެ ކަލަންޑަރު ބިލް ކުރާ ގޮތަށް ދޫކުރާނެ ކަމަށާއި ބުކްޝޮޕްތަކަށް ވެސް ޑިސްކައުންޓް ރޭޓެއްގައި ކަލަންޑަރުތައް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު