މަޖީދީމަގުގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއްގެ ބޯ ފަޅައިގެން ހިނގައްޖެ

މަޖީދީމަގު ސޮނީ ޕްރޮފެޝަނަލް ކުރިމަތިން ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއެއްގެ ބޯ ފަޅައިގެން ހިނގައްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 2:45 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި ޒަޚަމްވި ބިދޭސީ މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ބިދޭސީ މީހާއަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިނުވާ ކަމަށާއި ފަރުވާ ދިނުމަށްފަހު އޭނާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު