ބިލެއްދޫ ދާއިރާގެ މެންބަރު މުބީނަށް މީހަކު ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގައި ފ. ބިލެއްދޫ ދާއިރާ ތަމްސީލް ކުރައްވާ، ޖުމްހޫރީ ޕާޓީގެ މެމްބަރު އަހުމަދު މުބީނަށް މީހަކު ހަމަލާދީފި އެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު މިރޭ 'ސަން'އަށް ވިދާޅުވީ، މުބީނަށް މީހަކު ހަމަލާދީފައިވަނީ މިރޭ 9:30 ކަންހާއިރު މާފަންނުގައި ހުންނަ އެމްޑީޕީގެ ޖަގަހައެއްކަމަށްވާ "ޖަޒުބާތު ޖަގަހަ" ކައިރީގައި ހުންނަ ކެފޭއެއްގެ ކުރިމަތީ ހުއްޓައި ކަމަށެވެ.

"އެމީހާ އައިސް ތިން ފަހަރަކަށް މުބީންގެ މޫނު މަތީގައި ގޮންމުށުން ޖެހި. އެއަށްފަހު މުބީންގެ ސައިކަލުގައި ގާބުރިއަކުން ވެސް ޖަހާފައިވޭ،" އަލީ ސޯހިލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހަމަލާގެ ސަބަބުން މުބީންގެ މޫނުފުޅު މަތިން ކޮންމެވެސް ވަރަކަށް ދުޅަވެފައިވާ ކަމަށެވެ. މިވަގުތު މުބީން ހުންނެވީ އޭނާގެ ގޭގައިކަމަށްވެސް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ، މަޖިލީހުގެ މެމްބަރަކަށް ހަމަލާދިނުމުން ކަންބޮޑުވާ ކަމަށާއި އެހެންކަމުން މަޖިލީހުގެ މެމްބަރުންނަށް ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިން ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މަޖިލީހުގެ މެމްބަރަކަށް މިރޭ ހަމަލާދީފައިވާއިރު މިފަހަކަށް އައިސް ވަނީ އެތައް މެމްބަރަކަށް މަރުގެ އިންޒާރުވެސް ދީފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު