ސާޖަރީއަށްފަހު އާސެނަލްގެ ތަރި ވިލްޝެއާ ތިންމަހަށް ކުޅުމާ ދުރަށް

ވާތުފައިގެ ކަކުލުގެ ކާމިޔާބު ސާޖަރީއަށްފަހު، އިނގިރޭސި ފުޓްބޯޅަ ކްލަބް އާސެނަލްގެ ސްޓަރ މިޑްފީލްޑަރު ޖެކް ވިލްޝެއާ ތިންމަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އާސެނަލްގެ ވެބްސައިޓްގައި ބުނެފައިވަނީ، މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ޕްރިމިއަ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ 2-1 އިން އާސެނަލް ބަލިވި މެޗުގައި ވިލްޝެއާގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަން ކުރަން ޖެހުނީ ކަމަށެވެ. އަދި 22 އަހަރުގެ މިޑްފީލްޑަރުގެ ކަކުލުގެ އޮޕަރޭޝަން ކޮށްފައި ވަނީ ބުރާސްފަތި ދުވަހު ލަންޑަނުގައި ކަމަށެވެ.

"ޖެކް ވިލްޝެއާގެ ވާތުފައިގެ ކަކުލުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި ވަނީ. އަދި އޭގެ ސަބަބުން ގާތްގަނޑަކަށް ތިން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ،" ކްލަބްގެ ވެބްސައިޓްގައި ވެއެވެ.

ވިލްޝެއާގެ މި އޮޕަރޭޝަނާ ގުޅިގެން އޭނާއަށް ދެން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭވަރުވާނީ އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު