ކަސްޓަމްސްގެ އޮންލައިންކޮށް މެނިފެސްޓް ހުށަހެޅުމުގެ ހިދުމަތާ ބެހޭ މައުލޫމާތު ދީފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަލަށް ތައާރަފު ކުރަން ހަމަޖައްސާފައިވާ އޮންލައިންކޮށް މެނިފެސްޓް ހުށަހެޅުމުގެ ހިދުމަތާ ބެހޭގޮތުން ޝިޕިން އޭޖެންޓުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.

ކަސްޓަމްސްގެ ހެޑްއޮފީހުގައި މިއަދު ޝިޕިން އޭޖެންޓުންނަށް ބޭއްވި އެ ސެޝަނުގައި އަންނަ އަހަރުގެ ކުރީކޮޅު ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ހިދުމަތުގެ ސަބަބުން ލިބޭނެ ފަސޭހަތަކާމެދު މައުލޫމާތު ހިއްސާކުރި އެވެ.

އަލަށް ތައާރަފު ކުރާ ހިދުމަތުގެ ސަބަބުން މެނުއަލްކޮށް މެނިފެސްޓް ހުށަހެޅުމުގެ ބަދަލުގައި އޮންލައިންކޮށް އެ ހުށަހެޅޭއިރު، އިމްޕޯޓު/އެކްސްޕޯޓް ކުރާ މުދަލާބެހޭ ލިޔުންތައް ނިންމުމަށް ހޭދަވާ ވަގުތު ކުޑަވެގެން ދާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އޮންލައިން ކޮށް މެނިފެސްޓު ކުރުމުގެ ހިދުމަތް ތައާރަފު ކުރުމުން ނުރައްކާތެރި މުދާ ދެނެގަތުމަށް ފަސޭހަ ވާނެ ކަމަށާއި އަދި ނުރައްކާތެރި ނޫން މުދާ އަވަހަށް ދޫކުރުމަށް މަގުފަހި ވާނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

އަލަށް ތައާރަފު ކުރާ އެ ހިދުމަތުގެ ޓެސްޓިން މިހާރު ކުރިއަށްދާއިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ނިޒާމު ގާއިމު ކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު