ދެއްވަދޫގައި ކުނިނައްތާލާ ނިޒާމެއް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ކުނިނައްތާލާ ނިޒާމެއް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ދެއްވަދޫގައި ކުނިނައްތާލާ ނިޒާމެއް ގާއިމްކުރުމަށް އައިއެސްއެފް ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ ގޮތުން ދެއްވަދޫ ކައުންސިލުން ވަނީ އެކުންފުންޏާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައެވެ.

ދެއްވަދޫ ކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގެވެ. އަދި އައިއެސްއެފް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފު އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ދެއްވަދޫ ކައުންސިލްގެ މުނިސިޕަލް އޮފިސަރު އާދިލް އިބްރާހީމް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިހަވަހީގައި ކުރަންޖެހޭ މަސައްކަތަކީ ކުނިނައްތާލެވޭނެ ގޮތް ހަމަޖެއްސައި އެރަށުގައި ކުނިކޮށްޓެއް ގާއިމްކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހުގެ 27ވަނަ ދުވަހަށް ނިންމަން ކަނޑައަޅާފައިވާ މި މަސައްކަތުގެ އަގު 6.9 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު