މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ތިން ގަޑިއިރަށް ފެނުގެ ހިދުމަތް ކަނޑާލަން ނިންމައިފި

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ތިން ގަޑިއިރަށް ފެނުގެ ހިދުމަތް ކަނޑާލަން ނިންމާފައިވާކަމަށް ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީން (އެމް.ޑަބްލިއު.އެސް.ސީ) ބުނެފި އެވެ.

އެމް.ޑަބްލިއު.އެސް.ސީން މިރޭ ބުނީ އެކުންފުނީގެ ފެން ހޮޅިއަކުން ފެން ލީކުވުމާއި ގުޅިގެން މިރޭ 8:00އިން 10:00އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެކުންފުނިން ބުނީ ފެނުގެ ހިދުމަތް ކެނޑިގެންދާނީ މަޖީދީމަގާއި އަލިކިލޭގެފާނު މަގު ގުޅޭ ހިސާބުން ފެށިގެން ބޮޑުރަސްގެފާނު މަގާއި ރާދަފަތިހިނގުން ގުޅޭ ހިސާބުން ކަމަށެވެ. އަދި ލީކުވަމުންދާ ފެންހޮޅި ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު