ޕިކްނިކް އައިލެންޑުގެ ފައިދާއިން ފުރަތަމަ ފަހަރަށް ސަރުކާރަށް ޑިވިޑެންޑް ދައްކައިފި

ޕިކްނިކް އައިލެންޑުގެ ގޮތުގައި ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެރަށް ހިންގާ ކުންފުއްޏަށް ލިބުނު ފައިދާއިން ފުރަތަމަ ފަހަރަށް ކުންފުއްޏަކުން ސަރުކާރަށް ޑިވިޑެންޑް ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، ޕިކްނިކް އައިލެންޑުގެ ގޮތުގައި ދޫކޮށްފައިވާ ރަށްތަކުގައި ރިސޯޓް ތަރައްގީކުރުމަށް ޖޮއިންޓްވެންޗާ އުސޫލުން ދޫކުރެވުނު ރަށްތަކުގެ ތެރެއިން ޓުރައިފިޑަސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިދިޔަ އަހަރު އެތަނަށް ލިބުނު ފައިދާއިން ސަރުކާރަށް ޑިވިޑެންޑް ދައްކާފައިވާ ކަމަށެވެ.

ޓުރައިފިޑަސްއަކީ، ޕިކްނިކް އައިލެންޑުގެ ގޮތުގައި ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެތަނަށް ލިބުނު ފައިދާއިން ސަރުކާރަށް ޑިވިޑެންޑް ދެއްވި ފުރަތަމަ ކުންފުނި ކަމަށްވާތީ ފިނޭންސް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފައެވެ.

ނަމަވެސް ދެއްކީ ކިހާ އަދަދެއްކަމެއް ފިނޭންސުން ހާމައެއް ނުކުރެއެވެ.

ކުރިއަށް އޮތްތަނުގައި އެގޮތަށް ދޫކުރެވިފައިވާ ކުންފުނިތަކުން ސަރުކާރަށް ޑިވިޑެންޑް ދައްކާނެ ކަމަށް އުންމީދުކުރާކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު