އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ކިނޮޅަހު ހެލްތު ސެންޓަރު މަރާމާތު ކުރަން ބަޔަކާ ހަވާލުކޮށްފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި އެ އަތޮޅު ކިނޮޅަހު ހެލްތު ސެންޓަރު މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެކޮމަޑޭޝަން އިމާރާތާއި ލޯންޑްރީ އިމާރާތް މަރާމާތު ކުރުމަށް ހަވާލުކޮށްފައިވަނީ މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު އަދި އެކްޓިން ހެލްތު މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒަހީން އެވެ.

ދައުލަތުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓަކީ 50 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އުނގޫފާރު ހޮސްޕިޓަލް މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާއިރު، އެ ހޮސްޕިޓަލުގައި ޑީސެލިނޭޝަން ޕްލާންޓެއް ބެހެއްޓުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެ ހޮސްޕިޓަލުގެ އާބާތުރަ ފިލުވައި ހޮސްޕިޓަލު އަލުން ހުޅުވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކިނޮޅަހު ހެލްތު ސެންޓަރު މަރާމާތު ކުރުމަށް އެރަށު ފެހިވިލާގެ އަހުމަދު ޝަފީގާ ހަވާލުކޮށްފައިވާއިރު، އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ އަބުދުލްޣަނީ އަބުދުލް ވައްހާބެވެ. 75 ދުވަސްތެރޭ ނިންމާ އެ ޕްރޮޖެކްޓަކީ 150،475 ރުފިޔާގެ ޕްރޮޖެކްޓެވެ.

މިނިސްޓަރު ވިދާޅުވީ، ހެލްތު ސެންޓަރު މަރާމާތު ކުރުމުގެ ޕްރޮޖެކްޓަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު