ތިލަފުށީގައި ފެރީ ޓާމިނަލެއް އިމާރާތް ކުރުމަށް ފުރުސަތު ހުޅުވާލައިފި

ކ. ތިލަފުށީގައި ފެރީ ޓާމިނަލެއްގެ އިމާރާތެއް އެޅުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން ފުރުސަތު ހުޅުވާލައިފި އެވެ.

ތިލަފުށި ކޯޕަރޭޝަނުން ބުނީ، އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަށް ފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން ބީލަން ފޮތަށް ފައިސާ ބަލައިގަތުން މިއަދު ހުޅުވާފައިވާއިރު ފައިސާ ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 11 ވަނަ ދުވަސް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ޓީސީއެލް އިން އަންނަ މަހުގެ 15 ގައި ބީލަން ފޮތްތައް ދޫކުރަން ފަށާއިރު އޭގެ ފޮތެއްގެ އަގަކީ 1،000 ރުފިޔާ އެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000 ރުފިޔާ ބަހައްޓަން ޖެހޭއިރު އޭގެ މުއްދަތަކީ 90 ދުވަސް ކަމަށް ޓީސީއެލް އިން ބުންޏެވެ. އަދި އެގޮތުން ޕާފޯމެންސް ސެކިއުރިޓީގެ ގޮތުގައި ޖުމްލަ އަގުގެ 15 އިންސައްތަ ދައްކަން ޖެހޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ޓީސީއެލް އިން ބުނީ ބިޑް ކާމިޔާބު ކުރާ ފަރާތުން ބޭންކް ގެރެންޓީއެއް ހުށަހެޅުމުން އެޑްވާންސްގެ ގޮތުގައި މަސައްކަތުގެ އަގުގެ 15 އިންސައްތަ އަށްވުރެ ބޮޑު ނުވާގޮތަށް އެޑްވާންސް ފައިސާއެއް އެ ލިމިޓެޑުން ހަމަޖައްސައިދޭނެ ކަމަށެވެ.

ޕްރީ ބިޑް މީޓިން އަދި މަސައްކަތުގެ ސައިޓު ބެލުން އަންނަ މަހުގެ 21ގައި އޮތް އިރު ބިޑު ހުށަހެޅުމާއި އެ ހުޅުވުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ. މީޓިންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ލިމިޓެޑްގެ ހެޑްއޮފީހުގައި ކަމަށް ޓީސީއެލް އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު