އިންސްޓޯލްމަންޓަށް ކަރަންޓުލާ ސާމާނު ދޫކުރަން ފެނަކައިން ނިންމައިފި

ކަރަންޓުލުމަށް ދަތިވެފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ތަކެތި ދޫކުރަން ފެނަކައިން ނިންމައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު 'ސަން'އަށް ވިދާޅުވީ، އެ ކޯޕަރޭޝަންގެ ފަރާތުން އަތޮޅު ތެރޭގައި ހުޅުވާ ފިހާރަތަކުން ކަރަންޓުލުމަށް ދަތިވެފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ތަކެތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިންސްޓޯލްމަންޓަށް ތަކެތި ފޯރުކޮށްދޭނީ ގޭގެއަށް ކަރަންޓުމަށް ބޭނުންވެ، ނަމަވެސް އެކަމަށް ދަތިވެފައިވާ ފަރާތްތަކަށް. މިއީ ސަރުކާރުގެ ކަރަންޓް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރެވިގެންދާ ކަމެއް،" ނިމާލް ވިދާޅުވި އެވެ.

އެހިދުމަތް ދިނުމަށް ހުޅުވާ ފުރަތަމަ ފިހާރަ މިރޭ އައްޑޫ ސިޓީގައި ހުޅުވުމަށް ވަނީ ނިންމާފައެވެ. މިރޭ 8:30 ގައި ހިތަދޫ ގައި ހުޅުވާ "ފެނަކަ ސޭލްސް ސެންޓަރ" އިން ކަރަންޓު ދިނުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭނެކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ނިމާލް ވިދާޅުވީ، އަތޮޅު ތެރޭ ރަށްރަށުގައި ފެނަކައިން ހުޅުވުމަށް ނިންމާފައިވާ ސޭލްސް ސެންޓަރެއް މިރޭ އައްޑޫގައި ހުޅުވިގެންދާއިރު ވަރަށް ކައިރި މުސްތަގުބަލެއްގައި އެ ކޯޕަރޭޝަންގެ ފިހާރައެއް އެހި ދުމަތްތަކާއެކު ހދ. ކުޅުދުއްފުއްށީގައި ވެސް ހުޅުވިގެންދާނެކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު