ކައުންސިލްގެ ރައީސް ފިޔަވައި އެހެން މެމްބަރުން ޕާޓް ޓައިމް ކުރުމަށް ހުށަހަޅައިފި

ލޯކަލް ކައުންސިލްތަކުގެ ރައީސް ފިޔަވާ އެހެން ހުރިހާ މެމްބަރުން ޕާޓް ޓައިމް ކުުރުމަށް ބަޖެޓު ރިކަމަންޑޭޝަން އެއްގެ ގޮތުގައި ހުށަހަޅައިފި އެވެ.

ރޭ ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި މިރިކަމަންޑޭޝަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު އެވެ.

ރިޔާޒް ރަޝީދު ހުށަހެޅުމުގައި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ކައުންސިލަތުގެ އަދަދު މަދުކުރުން ހިމެނެ އެވެ. ހަމަ އެއާއެކު ކައުންސިލްގެ ރައީސް ފިޔަވައި އެހެން މެމްބަރުންނަކީ ޕާޓް ޓައިމް މެމެބަރުން ކަމުގައި ކަނޑައެޅުމަށް ވެސް މި ހުށަހެޅުމުގައިވެ އެވެ.

މިހުށަހެޅުން ފާސްވީ ކޮމެޓީގެ ނުވަ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރުން ވޯޓުދެއްވި އެވެ.

ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް ޕީޕީއެމްގެ ފަރާތުން ވަނީ ލާމަރުކަޒީ ގަނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފަ އެވެ. އޭރު ޕީޕީއެމް އިން ހުށަހެޅީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ރައީސާއި ނައިބް ރައީސް ފިޔަވައި ދެން ތިބި މެންބަރުންނަކީ ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެ ކެވެ. އޭގެ ތެރޭގައި 6.2 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ޕީއެސްއައިޕީގެ ޕްރޮގުރާމް ތަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު