ދިޔަމިގިލީ ކައުންސިލްގެ ފުޓްބޯޅަ މުބާރާތް ފަށައިފި

ތ. ދިޔަމިގިލީ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ފުރަތަމަ ފަހަރަށް ބާއްވާ "ދިޔަމިގިލީ ކައުންސިލްގެ ފުޓްބޯޅަ މުބާރާތް 2014" ބުދަ ދުވަހު ފަށައިފި އެވެ.

ދިޔަމިގިލި ކައިންސިލާއި އެ ރަށުގެ ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އެ ރަށު ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތުގައި އެ ރަށުގެ ހަތަރު ތީމެއް ބައިވެރިވެފައި ވާއިރު، މުބާރާތުގެ ފުރަތަމަ މެޗު އިއްޔެ ހަވީރު ވަނީ ކުޅެފައެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޓެނަބަލް ކިކް އާއި ބްރޭވް ޝޫޓް އެވެ. މި މެޗު ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓެނަބަލް ކިކްގެ އަލީ ރަޝީދު އެވެ.

މި މުބާރާތުގައި ދެން ބައިވެރިވެފައިވާ ދެ ޓީމަކީ ސަމްޕީޒް އާއި އެކިއުރޭޓް އެވެ. މުބާރާތުގެ ދެވަނަ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރު މި ދެ ޓީމްގެ މެދުގައެވެ.

މި މުބާރާތް ކާމިޔާބު ކުރާ ޓީމަށް ކައުންސިލުން ދޭ ޓްރޮފީގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު