އަޑިޕާކް ސަރަހައްދުން މިނި ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެ

ހެންވޭރު އަޑި ޕާކް ސަރަހައްދުގައި ވަޅުލާފައިހުރި، އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެ އެވެ.

ކަށިތައް ފެނިފައިވަނީ، ފުލުހުންގެ ހަރަކާތެއް ހިންގުމަށް މެރިން ރިސާޗް ސެންޓަރު ކުރިމައްޗަށް ވާގޮތަށް އޮންނަ ޕާކު ތެރެ ކޮންނަމުން ދަނިކޮށް އެ ޕާކުތެރެއިންނެވެ.

އެއީ އިންސާނެއްގެ ކަށިތަކެއްތޯ ޔަގީންކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ.
ކަށިތައް ފެނުނު ތަނުގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: މުޙައްމަދު ސިމާއު


ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، އެ ކަށިތައް ފެނުނީ ފުލުހުންގެ ހަރަކާތެއް ހިންގުމަށް އެ ސަރަހައްދު ތައްޔާރު ކުރަމުންދަނިކޮށް މިއަދު ހެނދުނު ގާތްގަނޑަކަށް 9:10 ހާއިރު ކަމަށެވެ.

އެ ކަށިތައް ފެނުމާއެކު ފުލުހުންގެ ފޮރެންސިކް ޓީމާއި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު