ހަ ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަން ކުރައްވައިފި

ހަ ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަން ކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ފަތްކޮޅާ ހަވާލުވުމުގެ ކުރިން މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި ހަ ބޭފުޅުން ވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ. އެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ހުވާކުރެއްވުމާއެކު އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ދައުލަތުގެ ބަންޑާރަ ނައިބު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު އަނިލް އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައި ވަނީ އެއަތޮޅު ހިތަދޫ ބާޒީ ހުސައިން ޝަހީދު އެވެ. ގދ. ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނ ކުރައްވާފައި ވަނީ މާލޭ ދަފްތަރު 8538 އަބްދުލްޣަފޫރު މުހައްމައެވެ. އދ. މާގިމިގިލީ ކޯޓުގެ އިސް މެޖިސްޓޭޓްކަމަށް އައްޔަން ކުރައްވާފައި ވަނީ ގއ. މާމެންދޫ ވީނަސް އަހްމަދު ނިހާނެވެ. ތ. މަޑިފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމށް ލ. މުންޑޫ ނަޒީހާމަންޒިލް މުހައްމަދު ނިޒާމް އައްޔަން ކުރެއްވިއިރު ރ. ކިނޮޅަސް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައި ވަނީ ގއ. ގެމަނަފުށީ ޖަވާހިރުމާގޭ އިބްރާހީމް ޒާހިރުއެވެ. އަދި ހދ. ނޮޅިވަރަން ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައި ވަނީ އެރަށު ގަހާ މުހައްމަދު މައުސޫމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު