ފެލިދޫ ޒުވާނުން ވޮލީބޯލް ޔޫތުޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

މައިލޯ ވީއޭއެމް ޔޫތު ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވ. ފެލިދޫ ޒުވާން އެކުވެރިންގެ ދިރުން ހޯދައިފި އެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިން އިންތިޒާމު ކޮށްގެން ކުރިއަށްދިޔަ މި މުބާރާތް ފެލިދޫ ޓީމު ކާމިޔާބު ކުރީ ފައިނަލް މެޗުގައި ވ. ކެޔޮދޫ ރައްވެހި ކްލަބާ ވާދަކޮށް 1-3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެލިދޫ ޓީމުގެ އަލީ ހުޒާމެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވީ އަލީ ހުޒާމެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމުގެ މަގާމު ޕޮލިސް ކްލަބު ހޯދިއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފެލިދޫ ޓީމު ކޯޗު މުހައްމަދު ޝިހާމް އެވެ.

ރޭ އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗު ކުޅެފައިވެއެވެ. ގޮއިދޫ ސްކޫލާއި ޔޫތު ނިއު ޖެނެރޭޝަން ބައްދަލު ކުރި މެޗު ސީދާ ތިން ސެޓުން މޮޅުވީ ގޮއިދޫ ޓީމެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ފާތިމަތު ޖޫޒާން އެވެ.

މިދިޔަ ހަފްތާ ބުދަދުވަހު ފެށި އެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން ޑިވިޝަންގެ ފަސް ޓީމާއި ފިރިހެން ޑިވިޝަންގެ ފަސް ޓީމެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވީ، ޕޮލިސް ކްލަބާއި ގެމަނަފުށި ސްޕޯޓްސް ކްލަބާއި ފޮނަދޫ އެކުވެރިންގެ ގުޅުމާއި ކެޔޮދޫ ރަށްވެހި ކްލަބް އަދި ކްލަބް ހާފް ލައިން ލިންކޭޖޭވެ.

އަންހެން ޑިވިޝަންގައި ބައިވެރިވީ، ޔޫތު ސްޕޯޓްސް ކްލަބާއި އައިލެންޑް އޯޝަން ކްލަބާއި ބ. ގޮއިދޫ ސްކޫލާއި ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ޕޮލިސް ކްލަބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު