ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް އެކްޓަރަކު ގަހަކާ ކައިވެނި ކޮށްފި

ޕޭރޫއަށް ނިސްބަތްވާ އެކްޓަރު އަދި އެކްޓިވިސްޓް ރިޗާރްޑް ޓޯރޭސް ގަސްތައް ދެކެ ލޯބިވާކަން ހާމަކުރުމުގެ ގޮތުން ގަހަކާ ކައިވެނިކޮށްފިއެވެ. މިއީ ރިޗާޑް ގަހަކާ ކައިވެނި ކުރި ދެވަނަ ފަހަރެވެ.

ރިޗާރޑް ގަހާ ކައިވެނި ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކޮލަންބިޔާގެ ވެރިރަށް ބޮގޯޓާގެ ނެޝަނަލް ޕާކްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

މީ ތިމާވެށީގެ މައްސަލަތަކާ މެދު ހޭލުންތެރިކުރުވުމުގެ ގޮތުން ރިޗާރޑް ކުރި ކައިވެންޏެކެވެ. ރިޗާރޑް ބުނިގޮތުގައި އޭނާގެ އުންމީދަކީ ދުނިޔޭގެ ތިމާވެއްޓަށް މީހުން އަމިއްލައަށް ދެމުންދާ ނުރައްކާތަކާ މެދު އާންމުން ވިސްނުމެވެ. އެންބީސީ އަށް ދިން އިންޓަވިއުގައި ރިޗާރޑް ބުނީ ކޮލަންބިޔާގެ ރެވަލިއުޝަނަރީ އާރމްޑް ފޯރސަސްގެ ރިބެލްސްތައް ހަނގުރާމަ ކުރުމުގެ ބަދަލުގައި ގަސްތައް އިންދުމަށް މަސައްކަތް ކުރުމަށް އޭނާ އެދޭ ކަމަށެވެ.

ރިޗާރްޑް ވަނީ މިދިޔަ އަހަރު އާޖެންޓީނާގެ ވެރިރަށުގައި ވެސް ގަހަކާ ކައިވެނި ކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު