">

މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ "ދަންތޫރައެއް": ރައީސް ނަޝީދު

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާފައިވާ ބަޖެޓަކީ "ދަންތޫރަ" އެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި މިރޭ އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި މިރޭ އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުން ދިވެހި ރައްޔިތުންގެ އާމްދަނީވެސް ހަމަ ނުޖެއްސޭނެ ކަމަށެވެ. އަދި އެ ބަޖެޓުން ރާއްޖެއަށް ކުޑަވެސް ތަރައްގީއެއް ނާންނާނެ ކަމަށާއި 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގެ ސަބަބުން މިގައުމު ދަރަނިވެރިވުން ނޫން ކަމެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ދަންނަވަންތޯ. ގޮނޑުދޮށުގައި އިނދެ ލައްގަޅޭ ކިޔަސް ދައުލަތަކަށް ފައިސާއެއް ނުހޯދޭނެ. އެބޭފުޅުން މިހާރު މަޖިލީހަށް ފޮނުވާފައިވާ ބަޖެޓަކީ ދަންތޫރައެއް،" ރައީސް ނަޝީދު ވިދާޅުވި އެެވެ.
ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތީގައި މިރޭ އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ޖީއެމްއާރުގެ މައްސަލައަށް އިޝާރާތްކުރައްވައި، ރައީސް ނަޝިދު ވިދާޅުވީ ކުންފުނިތަކަށް ދައުލަތުން ދައްކަން ޖެހޭ އެންމެ ފައިސާއެއްވެސް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށާއި އެހެންނަމަވެސް އެފައިސާ އަކީ ދިވެހި ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު