މަޖިލީހުގެ ހުއްދަ ހޯދައިގެން ލޯނު ނަގަންޖެހޭ ގޮތަށް އޮތްއޮތުން ބަދަލު ކުރަން ހުށަހެޅި އިސްލާހު ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދައިގެން ސަރުކާރުން ލޯނު ނަގަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލް ބަލައިގަތުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 63 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި އެ ބިލު އިތުރަށް ދިރާސާ ކުރުމަށްޓަކައި މިއަދު ވަނީ އިގްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅާފައި ވަނީ މާލިއްޔަތު ގާނޫނު މިހާރު އޮތް ގޮތުން ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ދައުލަތުގެ ނަމުގައި އެހީއެއް ދިނުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ގޮތަށް އޮތުމުން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ދަތިތަކަކާ ކުރިމަތިލާންޖެހޭތީ އެވެ. ސައުދު ވިދާޅުވީ އެ ބިލް ހުށަހެޅި ގޮތަށް ފާސްވެއްޖެނަމަ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ފަސޭހަވެގެންދާނެ ކަމަށެވެ.

ސަރުކާރުން ލޯނު ނެގުމުގެ ކުރިން މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮތް މަޖިލީހުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު