އެއްބަސްވުމާ ޚިލާފަށް ބަނޑޭރިކޮށީގައި ދިރިއުޅެމުންދިޔަ އާއިލާއެއް ނެރެފި

ސިފައިންގެ ޚިދުމަތުގައި އުޅޭ ބޭފުޅުންނަށް ބަނޑޭރިކޮށިން ދޫކުރާ ގެއެއްގައި، ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައިވާ ސިފައިންގެ ބޭކަލެއްގެ އާއިލާއެއް އެއްބަސްވުމާ ޚިލާފާށް ދިިރިއުޅެމުންދާތީ އެތަނުން ނެރެފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން މޭޖާ ހުސައިން އަލީ 'ސަން' އަށް ވިދާޅުވީ، ބަނޑޭރިކޮށިން ބަޔަކު ނެރެފައިވަނީ ސިފައިންގެ ވަޒީފާއިން ވަކިވެފައިވާތާ ތިން އަހަރުވެފައިވިއިރުވެސް އެތަނުގައި ދިރިއުޅެމުންދާތީ ކަމަށެވެ. އަދި އެތަން ހުސްކުރަން ޖެހުނީ އެތަށް ފަހަރެއްގެ މަތިން އެންގުމުންވެސް އެތަން ހުސްނުކުރުމުން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަނޑޭރިކޮށިން ސިފައިންނަށް ބޯހިޔާވަކިން ދީފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ސިފައިންގެ ވަޒީފާ އަށް ނުކުންނަ މީހުން މަދުވުމުން، ސިފައިންގެ ވަޒީފާއަށް ނުކުންނަ މީހުން އިތުރުކުރުމުގެ މަގުސަދުގައެވެ.

ސިފައިންގެ ޚިދުމަތުގައި އުޅޭ ބޭފުޅަކަށް އިނާޔަތެއްގެ ދަށުން ބަނޑޭރިކޮށިން ބައެއްދޭއިރު އެއްބަސްވުމެއް ހަދައެވެ. އެ އެއްބަސްވުމުގެ ދަށުން ސިފައިންގެ ވަޒީފާއިން އަމިއްލައަށް ވަކިވި ނަމަވެސް އަދި ރަޓަޔާ ކުރެއްވި ނަމަވެސް އެތަން ދޫކޮށްލަންޖެހެ އެވެ. އަދި އެތަން ދޫކޮށްލަން ވަކި މުއްދަތެއް ދީފައި އޮންނައިރު، އެ މުއްދަތުގެ ތެރޭގައި އެތަނުން ހުސްނުކޮށްފިނަމަ ކަމާ ބެހޭ ފަރާތްތަކުން އެތަން ހުސްކުރަންޖެހެ އެވެ.

'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުުހުންނާއި ސިފައިން ގުޅިގެން ހުސްކުރަމުންދަނީ ސިފައިންގެ ވަޒީފާ އިން ރިޓަޔާކޮށްފައިވާ އޮފިސަރެއްގެ ބައެއް ކަމަށްވާ ބަނޑޭރިކޮށި ދޭއްގެ Q/218 ބައެވެ.

މީގެ އިތުރުން އެ ތަނުގެ ދެވަނަ ބުރި ގަވާއިދާ ޚިލާފަށް ބަޔަކަށް ކުއްޔަށް ދީފައި ހުންނަ ކަންވެސް 'ސަން' އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު