ސުލްހަވެރިކާއެކު އެއްވުންތައް ކުރިއަށްގެންދިޔުމަށް ފުލުހުން އެމްޑީޕީ އަށް އިލްތިމާސްކޮށްފި

ގާނޫނާއެއްގޮތަށް ސުލްހަވެރިކާއެކު އެއްވުންތައް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެމްޑީޕީ އަށް އިލްތިމާސްކޮށްފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޗީފް ސުޕްރިންޓެންޑެންޓް އިސްމާއީލް ނަވީން ވިދާޅުވީ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 23 ވަނަ މާއްދާގައި ވާގޮތުގެމަތިން އެއްވުންތައް ކުރިއަށް ގެންދަން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށް މިއަދު ސިޓީއަކުން އިލްތިމާސްކޮށްފައިވާނެ އެމްކަމަށެވެ.

އޭނާ ވިދާޅުވީ އެއްވުންތައް ކުރިއަށްގެންދަން ޖެހޭނީ ސުލްހަވެރިކަމާއެކު ކަމަށާއި އެހެންނޫންނަމަ އެއްވުންތައް ފުލުހުން ރޫޅާލާނެ ކަމަށެވެ.

"އެހެންނޫން ކަމަށްވަންޏާ ފުލުހުން އެކަންތައްތަކަށް އެޓެންޑުވެ އެ ކަންތައްތައް ރޫޅާލަންޖެހޭގޮތަށް ރޫޅާލާނެ،" ނަވީން ވިދާޅުވިއެވެ.

މިރޭ ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދުގައި އާއި އަދި ބުދަ ދުވަހު ނަލަހިޔާ ކައިރީގައި އެއްވުމެއް ބާއްވަން އެމްޑީޕީން ވަނީ ނިންމާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު