ގައުމީ ކެރަމް މުބާރާތް:
ދެވަނަ ޑިވިޝަންގެ ސިންގަލްސް ޗެންޕިއަންކަން ނާޒިމަށް

ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ 25 ވަނަ ގައުމީ ކެރަމް މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރެހެން ސިންގަލްސް ޗެންޕިއަންކަން ނާޒިމް ހަސަން ހޯދައިފި އެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން އޭނާ ހޯދާފައި ވަނީ، މި އިވެންޓުގެ ދެވަނަ މަގާމް ކާމިޔާބުކުރި އިބްރާހިމް ގައްސާނާ ރޭ ކުޅުނު ފައިނަލް މެޗުގައި ބައްދަލުކޮށް، އެ މެޗު ކާމިޔާބު ކޮށްގެނެވެ.

މީގެ އިތުރުން އުމަރު ޒިޔާދާއެކު އޭނާ ވަނީ މި މުބާރަތުގެ ދެވަނަ ޑިވިޝަންގެ ޑަބަލްސް ޗެމްޕިއަންކަންވެސް ކާމިޔާބު ކޮށްފައެވެ. ދެވަނަ ޑިވިޝަންގެ ޑަބަލްސް ފައިނަލް މެޗު ރޭ ކުޅެފައި ވާއިރު، މި މެޗުގައި ނާޒިމް އާއި އުމަރު ބައްދަލުކޮށްފައި ވަނީ މި އިވެންޓްގެ ދެވަނައަށް ހޮވުނު އުޘްމާން ހަފީޒް އާއި އިބްރާހިމް ގައްސާންގެ ޕެއާރ އާއެވެ.

ދެވަނަ ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ތިން ވަނަ މަގާމް ހާސިލްކޮށްފައި ވަނީ އަހުމަދު ތޮލާލް އެވެ. އަދި ޑަބަލްސް އިވެންޓުގެ ތިންވަނަ މަގާމް ހާސިލް ކޮށްފައި ވަނީ އަހުމަދު ތޮލާލް އާއި މޫސާ ހާޝިމްގެ ޕެއާރ އެވެ.

މީގެ އިތުރުން މި މުބާރާތުގައި މިފަހަރު ތައާރަފް ކުރި ޖޫނިއާ ޑިވިޝަންގެ މެޗުތައްވެސް ވަނީ ނިމިފައެވެ. ޖޫނިއާ ޑިވިޝަންގައި ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހާތިމް ހަލީލް ހޯދާފައި ވާއިރު، ދެވަނަ އަދި ތިންވަނަ ހޯދާފައި ވަނީ މުހައްމަދު ޒިލާލް އާއި އާދަމް ޝައީއު އެވެ. އަދި އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން އައިމިނަތު މިޝްފާ ހޯދާފައި ވާއިރު، މި އިވެންޓުގެ ދެވަނަ އަދި ތިންވަނަ ހޯދާފައި ވަނީ ފާތިމަތު ޒައިނާ އާއި ފާތިމަތު އިނާޝާ އެވެ.

ޖޫނިއާ ޑިވިޝަންގެ ފިރެހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހާތިމް ހަލީލް އާއި މުހައްމަދު ބިލާލް އެވެ. އަދި މި ޑިވިޝަންގެ ދެވަނަ އާއި ތިންވަނަ މަގާމް ހޯދާފައި ވަނީ އާދަމް ޝައީއު އަދި ހާފިޒް ހަލީލްގެ ޕެއާރ އާއި އަބްދުﷲ އާހިލް އަދި ލަޔާން ޝަރީފްގެ ޕެއާއެވެ.

ޖޫނިއާ ޑިވިޝަންގެ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އައިމިނަތު މިޝްފާ އާއި އައިޝަތު އަމްނާ އެވެ. އަދި މި އިވެންޓުގެ ދެވަނަ އާއި ތިންވަނަ މަގާމް ހޯދާފައި ވަނީ އައިމިނަތު އަމާނީ އަދި ފާތިމަތު ޒާއިންގެ ޕެއާރ އާއި ފާތިމަތު އިނާން އަދި އައިޝަތު ޝިފްރާގެ ޕެއާރ އެވެ.

މި މުބާރާތުގައި ދެން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޕްރިމިއާ ޑިވިޝަންގެ ސިންގަލްސް އިވެންޓުތަކާއި ޑަބަލްސް އިވެންޓުތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު