މުހައްމަދު އަމީން ދީދީ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މީގެ ނަވާރަ އަހަރު ކުރިން ފެށިގެން އަމީނިއްޔާ ސްކޫލގައި ތައާރަފްކުރި މުހައްމަދު އަމީން ދީދީ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އަމީނިއްޔާ ސްކޫލުގެ ރަންޔޫބިލް ހަރަކާތާ ގުޅިގެން އުފައްދާފައިވާ ޓްރަސްޓް ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެ ސްކޮލޮޝިޕަކީ އަތޮޅުތަކުގެ ސްކޫލްތަކުން ގްރޭޑް ހަތެއް ނިންމުމަށް ފަހު ސާނަވީ ތައުލީމު ހާސިލްކުރުމަށް އެ ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން އެ ސްކޮލާޝިޕްގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނަގާ ޓެސްޓަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށްދޭ ސްކޮލާޝިޕެކެވެ.

އަމީނިއްޔާ ސްކޫލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަހަރުގެ މުހައްމަދު އަމީން ސްކޮލާޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން އެކަމަށް އެދި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ސްކޫލަށް ސިޓީ ފޮނުވަންޖެހޭނެ ކަމަށެވެ. އަދި ސްކޮލާޝިޕަށް ޝަރުތު ހަމަވާ ދަރިވަރުންގެ ލިސްޓެއް އަންނަ މަހުގެ ހަތް ވަނަ ދުވަހު ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މުހައްމަދު އަމީން އެވޯޑް ހޯދާ ކުއްޖެއްގެ އޯލެވެލް އިމްތިހާނު ނިމެންދެން ކިޔެވުމުގެ ހުރިހާ ހަރަދެއް އަމީނިއްޔާ ސްކޫލުން ބަލަހައްޓާނެ އެވެ. އަދި އެ ދަރިވަރަކަށް އެ ސްކޫލުގެ ފަރާތުން ޕޮކެޓް މަނީ އެއްވެސް ދެއެވެ.

މުހައްމަދު އަމީން ދީދީ ސްކޮލޮޝިޕް އެވޯޑް މިއަހަރު ހޯދާފައިވަނީ ހއ. ދިއްދޫ ސަނދުބަރަކާގެ އައިމިނަތު ސަމާހާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު