ޕީއައިސީގެ މެންބަރު ކަމަށް އާދަމް ސައީދު މޫސާ އައްޔަން ކުރައްވައިފި

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް މާލޭ ދަފްތަރު 5831 އާދަމް ސައީދު މޫސާ އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާދަމް ސައީދު މޫސާ ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވާފައެވެ. އޭނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ހުވާކުރެއްވުމާ އެކު ރައީސް ޔާމީން ވަނީ އޭނާއަށް އެ ކޮމިޝަންގެ މެމްބަރުކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފައެވެ.

އާދަމް ސައީދު މޫސާގެ އިތުރުން ޕީއައިސީގައި ތިއްބަވަނީ ކޮމިޝަންގެ ރައީސާ ފާތިމަތު ސަރީރާ އަލީ ޝަރީފް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަރުހާދާއި ކޮމިޝަންގެ މެމްބަރު އަލީ ނަދީމާއި ކޮމިޝަންގެ މެމްބަރު އަލީ ނަދީމެވެ.

އާދަމް ސައީދު މޫސާ އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 62 މެމްބަރުގެ އަޣުލަބިއްޔަތުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު