އީސީގެ މެމްބަރު ކަމަށް އަމްޖަދު މުސްތަފާ ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ގއ. މާމެންދޫ އަލިވާގޭ އަމްޖަދު މުސްތަފާ އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަމްޖަދު ވަނީ ރައީސް ޔާމީންގެ ކުރިފުޅުމަތީގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާ ކުރައްވާފައެވެ. އޭނާއަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ހުވާކުރެއްވުމާ އެކު ރައީސް ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ ފަތްކޮޅު އަމްޖަދާ ހަވާލުކުރައްވާފަ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަމްޖަދު އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 63 މެމްބަރުން އަޣުލަބިއްޔަތުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު