އޮޑިޓާ ޖެނެރަލް ކަމަށް ހަސަން ޒިޔަތު އައްޔަން ކުރަން ފާސްކޮށްފި

އޮޑިޓާ ޖެނެރަލް ކަމަށް ހ. އާހަމަ، ހަސަން ޒިޔަތު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދާދިދެންމެ ފާސްކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

މިހާރު އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އެ ދާއިރާގައި 14 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.

އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައި ވަނީ އެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަލުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ޖެހޭނެ ކަމަށް ފާސްކުރި އިސްލާހުގައި ބުނެފައިވާތީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު