ޑައިވަރުންނަށް ހާއްސަ ގަޑިތަކެއް ރީފްސައިޑުން ތައާރަފްކޮށްފި

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ސިޓިޒެން ބްރޭންޑްގެ އާ ޓެކްނޮލޮޖީ އާއި އާ ޑިޒައިން ބޭނުންކޮށްގެން އުފައްދާފައިވާ ޑައިވަރުންނަށް ޚާއްސަގަޑިއެއް ކަމަށްވާ "ސިޓިޒެން ޕްރޯމާސްޓާ" އަތުކުރިގަޑީގެ ތިން ވައްތަރު ގަޑި ރީފްސައިޑުން މިއަދު ވިއްކަން ފަށައިފި އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ރީފްސައިޑްގެ ޑިރެކްޓަރު އަނަސް ހަސަން ވިދާޅުވީ ރީފްސައިޑުން މިއަދު ވިއްކަން ފަށާއިވާ "ސިޓިޒެން ޕްރޯމާސްޓާ" އަތުކުރި ގަޑިއަކީ ޑައިވަރުންނަށް ޚާއްސަ އަދި ތަފާތު ފީޗާ ތަކެއް އެކުލެވިގެންވާ ގަޑިއެއް ކަމަށެވެ. އެގޮތުން އެގަޑިއަކީ ދުނިޔޭގެ ކޮންމެ ގައުމަކަށް ދަތުރުކުރި ނަމަވެސް އޮޓޯއިން ވަގުތު ސެޓްކޮށްދޭ ގަޑިއެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ޕްރޯމާސްޓާއަކީ ވަރަށް ގިނަ ޑައިވަރުން އަދި ފަތުރުވެރިންވެސް ބޭނުންކުރަމުންދާ ގަޑިއެއް، މިއީ އާ މޮޑަލް އަކަށް ވުމުން ވަރަށް އުފާވޭ ރާއްޖޭގެ މާކެޓަށް ތައާރަފްކުރެވުމުން" އަނަސް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިޓިޒެންގެ މިޑުލްއީސްޓް އެންޑް އެފްރިކާގެ ޖެނެރަލް މެނޭޖަރު ޓަކަހީރޯ ނާޒިކް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޑައިވިން ޑެސްޓިނޭޝަނަށްވާއިރު ރާއްޖޭގައި މިގަޑި ލޯންޗްކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަލަށް ތައާރަފްކުރި އެގަޑިޔަކީ އަޅައިގެން 70 މީޓަރަށް ވުރެ އަޑިޔަށް ޑައިވްކުރެވޭނެ ގަޑިޔެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ވިއްކަން ފަށާފައިވާ ގަޑިތަކުގެ އަގުރތައް ހުރީ 11000ރ. އާއި 1200 ރ. ދެމެދުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު