އައިއެސް އިން ސޫރިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވައްޓާލައިފި

އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ސޫރިޔާ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވައްޓާލައިފި އެވެ.

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް ( ސޮހްރު) އިން އިއްޔެ ބުނީ އައިއެސް އިން ވައްޓައިލީ ދައިރު އަޒޫރު ޕްރޮވިންސްގެ މަތިން އުދުހުނު ބޯޓެއް ކަމަށެވެ. އަދި ބުނީ އެބޯޓް ފަރުބަދައެއްގެ މައްޗަށް ވެއްޓެނިކޮށް، އެ ޖަމާއަތަށް މައުލޫމާތު ދިން މީހަކަށް ފެނިފައިވާ ކަމަށެވެ.

އައިއެސް އިން ސޫރިޔާ ސިފައިންގެ އެބޯޓް ވައްޓައިލީ ދައިރު އަޒޫރުގެ ހައުޖަތު ސަކަރް ނަމަކަށް ކިޔާ ސަރަހައްދަށް ހުކުރުދުވަހުގެ ރެއިން ފެށިގެން ވިއްސަށް ވުރެ ގިނަ ވައިގެ ހަމަލާ ދީފައި ވަނިކޮށް ކަމަށް ވެސް ސޮހްރްގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ވައިގެ ސިފައިން ދަނީ ކޮންމެ ދުވަހަކު ވެސް ބެރަލް ބޮން ފަދަ، ބައިނަލް އަގުވާމީ ގޮތުން މަނާކޮށްފައިވާ ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. އެފަދަ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތުން ގިނަ އަދަދެއްގެ އާއްމުން ދަނީ މަރުވަމުންނެވެ. އެހަނގުރާމައިގައި މިހާތަނަށް ގާތްގަނޑަކަށް 200،000 މީހުން ވަނީ މަރުވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު