ބެޑްމިންޓަން މުބާރަތުގެ ދެވަނަ ޑިވިޝަންގެ ފައިނަލަށް ސްޓެޓިކް އާއި ޔުނީކް ދަތުރު ކޮށްފި

ގައުމީ ބެޑްމިންޓަން މުބާރާތުގައި ދެވަނަ ޑިވިޝަން ޓީމް އިވެންޓުގެ ފައިނަލަށް ކްލަބް ސްޓެޓިކް އާއި ޔުނީކް ސްޕޯޓްސް ކްލަބް ދަތުރުކޮށްފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ ދެވަނަ ޑިވިޝަން ޓީމް އިވެންޓުގައި މިފަހަރު ބައިވެރިވި ތިން ޓީމުން ކޮންމެ ޓީމެއްވެސް ދެ މެޗު ކުޅެފައި ވާއިރު، ޔުނީކް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރު ކޮށްފައި ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްގެނެވެ. އަދި ކްލަބް ސްޓެޓިކް ކުޅުނު ދެ މެޗުގެ ތެރޭން އެއްމެޗު ކާމިޔާބު ކޮށްފައި ވާއިރު، އޮއްފު އެފްސީ މުބާރާތުގެ މި އިވެންޓުގެ ފައިނަލުން ކަޓާފައި ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެގެނެވެ.

މި މުބާރާތުގައި ދެވަނަ ޑިވިޝަންގެ މެޗުތަކުގެ އިތުރުން، ރޭ ކުޅުނު އަތޮޅު ލީގުގެ މެޗުތަކުގައި އަށް ޓީމެއް ވަނީ އަތޮޅު ލީގުގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. އެގޮތުން މި ލީގުގެ ގްރޫޕް އެކެއް، ދޭއް، އަދި ތިނެއްގެ ޓީމުތަކުން ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅެފައި ވާއިރު، ކުޅުނު ދެމެޗުންވެސް މޮޅުވެ ގްރޫޕް އެކެއްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ކްއާޓާއަށް ދަތުރުކޮށްފައި ވަނީ މ. ބީޑީސީ އެވެ. މި ގްރޫޕުން ކްއާޓާއަށް ދަތުރުކުރި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ވަނީ ކުޅުނު ދެ މެޗުގެ ތެރޭން އެއް މެޗު ކާމިޔާބު ކޮށްފައެވެ.

މި ލީގުގެ ގްރޫޕް ދޭކަށް ބަލާއިރު، ކުޅުނު ދެ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ކްއާޓާއަށް ދަތުރު ކޮށްފައި ވަނީ ފ. އަތޮޅު ކައުންސިލް ޓީމެވެ. އަދި ކުޅުނު ދެ މެޗުގެ ތެރޭން އެއްމެޗު ކާމިޔާބުކޮށް މި ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކްއާޓާއަށް ދަތުރުކޮށްފައި ވަނީ އޭދަފުށި ބީޑީސީ އެވެ.

ގްރޫޕް ތިނެއްގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ކްއާޓާއަށް ދަތުރުކޮށްފައި ވަނީ ތޮއްޑޫ ބެޑްމިންޓަން ޓީމެވެ. އަދި ކުޅުނު ދެ މެޗުގެ ތެރޭން އެއް މެޗު ކާމިޔާބުކޮށް މި ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކްއާޓާއަށް ދަތުރުކޮށްފައި ވަނީ ހދ. ބީޑީސީ އެވެ.

ގްރޫޕް ހަތަރެއްގައި ތޮޑޫ ޒުވާނުންގެ ޓީމް ދެ މެޗު ކުޅެފައި ވާއިރު، ހޮރައިޒަން އެކެޑެމީ އާއި ހޮޅުދޫ ބީޑީސީ ކުޅެފައި ވަނީ ކޮންމެ ޓީމަކުން އެއް މެޗެވެ. ނަމަވެސް މި ދެ ޓީމް ކްއާޓާއަށް ދަތުރު ކޮށްފައި ވަނީ ތޮއްޑޫ ޒުވާނުންގެ ޓީމް ކުޅުން ދެ މެޗުންވެސް ބަލިވެފައި ވުމުންނެވެ. މި ދެ ޓީމުން ކޮންމެ ޓީމެއްވެސް އެއްމެޗު ކުޅެފައި ވާއިރު، މި މެޗުތަށް ކާމިޔާބު ކޮށްފައި ވަނީ މި ދެ ޓީމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު