އުރީދޫގެ އެމްބެސެޑަރު މެސީ ރިކޯޑް ހެދި މެޗު ބަލައިލުމުގެ ފުރުސަތު ސާމިރަށް

އުރީދޫ 'ސިމްޕްލީ ޑޫ ވޮންޑާސް' ކެމްޕޭނުގެ ދަށުން ރާއްޖެއިން ހޮވުނު ނަސީބުވެރިޔާ ހުސެއިން ސާމިރަށް ލިއޮނަލް މެސީ ލަލީގާގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރިކޯޑް މުގުރާލި މެޗު ބަލާލުމުގެ ނަސީބު ލިބިއްޖެ އެވެ.
މި ކެމްޕޭންގެ ދަށުން މެސީއާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބުނު ފަރާތްތަކާއެކު މެސީ --- ފޮޓޯ/ އުރީދޫ

ރޭ ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ސެވިއްޔާ ކުޅުނު މެޗުގައި މެސީ ހެދި ހެޓްރިކާއެކު އޭނާ ވަނީ ލަލީގާގެ ޓޮޕް ސްކޯރާގެ ރިކޯޑް މުގުރާލާފައެވެ. މި މެޗް ބަލަން ދިއުމުގެ ފުރުސަތު ސާމިރަށް ލިބިފައި ވަނީ އުރީދޫ 'ސިމްޕްލީ ޑޫ ވޮންޑާސް' ކެމްޕޭންގެ ދަށުން އޭނާގެ ފުޓްބޯޅަ ހުނަރުތައް ދައްކާލުމަށް އަޕްލޯޑް ކުރި ވީޑިއޯއިން މި ކެމްޕޭންގެ ނަސީބުވެރި 12 ފަރާތުގެ ތެރޭގައި އޭނާ ހިމެނުމުންނެވެ.

މީގެ އިތުރުން އޭނާއަށް ވަނީ، ބާސާގެ އެކަޑަމީއަށް ގޮސް މެސީއާ ބައްދަލު ކުރުމުގެ ފުރުސަތުވެސް ލިބިފައެވެ.
މި ކެމްޕޭންގެ ދަށުން މެސީއާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބުނު ފަރާތްތަކާއެކު މެސީ --- ފޮޓޯ/ އުރީދޫ

ދުނިޔޭގެ ހަތް ގައުމަކުން މުޅިއެކު 12 ފަރާތަކަށް ލިބުނު މި ފުރުސަތުގައި، ރާއްޖޭގެ ނަސީބުވެރިޔާ ސާމިރު ސްޕެއިންއަށް ދިޔުމަށް ފުރާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރާއްޖޭގެ އިތުރުން މި ކެމްޕޭނުގައި ނަސީބުވެރިން ހޮވުނު ގައުމުތަކުގެ ތެރޭގައި ތޫނިސް، ގަތަރު، އިންޑޮނޭޝިއާ، އަލްޖީރިއާ، ކުވައިތު އަދި ފަލަސްތީނު ހިމެނެއެވެ. އެ ނަސީބު ވެރީންނާ މެދު މެސީ ބުނެފައި ވަނީ މި ފަރާތްތަކަކީ ފުޓްބޯޅައަށް ލޯބިކުރާ އެހެން ފަރާތްތަކަށް ހުރި ނަމޫނާއެއް ކަމަށާއި، މި ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާ އެކުވެސް މި ކުޅުންތެރިންނަކީ ފުޓްބޯޅައަށް ލޯބިކޮށް އެ ކުޅިވަރުން ލިބޭނެ ފުރުސަތުތަކުގެ ބޭނުން ހިފަން ބޭނުންވާ ކުޅުންތެރިންތަކެއް ކަމަށެވެ.
މި ކެމްޕޭންގެ ދަށުން މެސީއާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބުނު ފަރާތްތަކާއެކު މެސީ --- ފޮޓޯ/ އުރީދޫ

'ސިމްޕްލީ ޑޫ ވޮންޑާސް' މުބާރާތާ ބެހޭގޮތުން އޫރީދުގެ ސީއީއޯ ޑރ. ނާސިރް މަރާފީ ވިދާޅުވެފައި ވަނީ މި މުބާރާތަކީ ދުނިޔޭގައި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި އެއްބައިވަންތަކަން އުފެއްދި މުބާރާތެއް ކަމަށާއި، މި މުބާރާތުގެ ސަބަބުން ޒުވާން ޖީލަކަށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.

ފީފާ ވޯލްޑް ކަޕް 2014ގައި އިއުލާނުކުރި މި ބައިނަލްއަގްވާމީ ކެމްޕޭން ކުރިއަށްދިޔައީ ސޯޝަލް މީޑިއާ ކެމްޕޭނަކާ އެކުގަ އެވެ. އަދި ފުޓްބޯޅައިގެ ހުނަރު ދައްކުވައިދޭ ވީޑިއޯތައް އިންސްޓަގްރާމަށް "މީޓްމެސީ" ހޭޝްޓެގް ބޭނުންކޮށްގެން އަޕްލޯޑް ކުރުމަށް ފުރުސަތު މި މުބާރާތުގައި ހުޅުވާލެވިގެން ދިޔައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު