އެމްއެޗު 370 ގެއްލުނު މައްސަލަ:
ބައްޕަ ގެއްލިގެން ދެ ކުއްޖަކު އެއާލައިންގެ މައްޗަށް ދައުވާކޮށްފި

މެލޭޝިޔަން އެއާލައިންގެ ފްލައިޓް، 370 އިން ދަތުރުކުރި މީހެއްގެ ދެ ކުދިން، ބައްޕަ ގެއްލުނު މައްސަލާގައި، އެއާލައިން އާއި ސަރުކާރުގެ މައްޗަށް ދައުވާކޮށްފި އެވެ.

މިއީ އެމްއެޗު 370 ގެއްލުނުތާ އަށް މަސް ދުވަހުގެ ތެރޭގައި އެފަދަ ދައުވާއެއް ކުރި ފުރަތަމަ ފަހަރެވެ.

އުުމުރުން 13 އަހަރުގެ ޖީ ކިންސަން އާއި ޖީ ކިިންލޭންޑް، 11، އާ ހަވާލާދީ ވޯލްޑް ޕޯސްޓުން ބުނީ 239 މީހުންނާ އެކު މާޗު 8 ވަނަ ދުވަހު، ކުއާލާލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް ދަތުރުކުރި ބޯޓު ރާޑަރުން ގެއްލުނުތާ އެތައް ވަގުތެއްވީ އިރު ވެސް ބޯޓާ ގުޅުމަށް މަސައްކަތްކޮށްފައި ނުވާ ކަމުގެ އިހުމާލު އޮތް ކަމަށެވެ.

މިއަދު ހައި ކޯޓުގައި ފައިލު ކުރި މައްސަލާގައި ބުނެފައި ވަނީ ފަސިންޖަރުންނަށް ރައްކާތެރި ދަތުރެއް ހޯދައި ދިނުމަށް އެއާލައިނުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި އެ ދައުވާގައި ބުނެފައި ވަނީ ޑައިރެކްޓަރު ޖެނެރަލް އޮފް ސިވިލް އޭވިއޭޝިއަން އެންޑް އެމިގްރޭޝަން އަދި އެއާފޯސް ޗީފް އެ ބޭފުޅުންގެ މަސްއޫލިއްޔަތަށް އިހްމާލުވެފައިވާ ކަމަށެވެ.

އެ ދެ ކުދިންގެ ވަކީލު ބުނީ ދައުވާ ކުރަނީ އެ ކުދިންނަށް ނަފުސާނީ ގޮތުން ލިބޭ ގެއްލުމުގެ ބަދަލާއި ބައްޕަ ނެތުމުން ލިބޭ މާލީ ގެއްްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ.

އެ ކުދިންގެ ބައްްޕަ ޖީ ޖިންގް ހޭންގް ކުރި އިންޓަނެޓް ވިޔަފާރީީން މަހަކު ލިބެމުން އައި 5،200 ޑޮލަރު މިހާރު ވަނީ އެ ކުދީންނަށް ގެއްލިފަ އެވެ. -- ޒ--
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު