ވާދޫ ސިއްހީ މަރުކަޒުން ނެގި ތިޖޫރީ ހޯދައިފި

ގދ. ވާދޫ ސިއްހީ މަރުކަޒުން ނެގި ތިޖޫރީ އަށް އެއްވެސް ގެއްލުމެއް ނުދެވެނީސް، އެ ތިޖޫރީ ހޯދައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ތިޖޫރީ ގެއްލުނީ އިއްޔެ ހެނދުނު 6:09 އެހާކަންހާއިރު ކަމަށާއި ތިޖޫރީ ގެއްލުނުތާ ގަޑިއެއްހާ އިރުގެ ތެރޭގައި ތިޖޫރި ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ތިޖޫރި ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ 15 ދުވަހު ބަންދުގައި ބެހެއްޓުމުގެ ހުއްދަ ކޯޓުން ވަނީ ދީފަ އެވެ.

ފުލުހުން ބުނީ އެ ރަށުގައި ތިބޭ ފުލުހުންނާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން އަދި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން ތިޖޫރީ ފެނުނީ އެ ރަށުގެ ވަލުތެރެއިން ކަމަށެވެ. އަދި ފުލުހުން ބުނީ ތިޖޫރި ފެނުނު އިރު ތިޖޫރީ އަށް އެއްވެސް ގެއްލުމެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް ތިޖޫރި ހުޅުވަން މަސައްކަތް ކޮށްފައި ހުރި ކަމަށާއި ތިޖޫރީ ހުޅުުވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތިޖޫރީގައި ފައިސާ ހުރި ކަމަށެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު